ފައް އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީިން އަބުދުﷲ ގައްޔޫމު ދޫކޮށްލުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން ވަގުތުން ވަގުތަށް ހައްޔަރުކޮށް ޖަލަށް ލުމަށާއި، ވަގުތުން ވަގުތައް އެމަނިކުފާނުގެ ނުދާ ސަރުކާރަށް ނެގުމަށް އާއްމުކޮށް މަޖިލިސް ޖަލްސާތަކުގައި ގޮވާލައްވަމުން ގެންދަވާ، ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.
އެކަމަށް ގޮވާލައި ޖަބިރު ވިދާޅުވީ ރައީސް ޔާމީނަކީ އޭނާގެ ރައްޓެއްސެއް ކަމަށާއި ކުއްލިއަކަށް ރައްޓެހިކަން ބަދަލު ކުރެވިދާނެ ކަމަށެެވެ.
ޖާބިރު ބިރު ވިދާޅުވީ ރައީސް ޔާމީނާ ބައްދަލު ކުރުމުގެ ހުއްދައަކަށް ވެސް އެދިފައިވާ ކަމަށެވެ.
"އަޅުގަނޑު ޔާމީނާ ބައްދަލުކުރަން އޮންނާނީ އެދިފަ އެއީ ޖާބިރު، ކާށިދޫ ދާއިރާގެ މެންބަރު ގޮވަމުން ދިޔައީ އޭނަ ހައްޔަރު ކުރަން، ޖާބިރު މި ބުނަނީ އޭނަ މިނިވަންކުރަން މިހާރު އެއީ ޖާބިރު ރައްޓެއްސެއް އޭނައަކީ އިނގޭތޯ ރައީސް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ ރައީސް ޔަމީނާ ބައްދަ ކުރުމުގެ ހުއްދައަކަަށް އެދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ސިޓީއެއް ފޮނުއްވައިފައެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒު ކުރެއްވުމަށެވެ. ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.