ޚަބަރު

ތުލުސްދޫ އާއި މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓުން ވަކި ކުރަނީ

އިބްރާހިމް ޒަކީ

ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އައިނާން އަލީ މުހައްމަދު، އާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން ފަޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ދެބޭފުޅުންނަަށް ކުރެވޭ މައްސަލަތަކެއް ބަލައި އެ ދެބޭފުޅުން މަގާމުން ވަކިކުރަން ނިންމައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.

އަދުނާންގެ މައްޗަށް ތުހުމަތުކުރަނީ މާކުރަތު ކޯޓުގެ މުވައްޒަފުންގެ ތެރެއިން ދެ އަންހެނަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އަދި ޖިންސީ ފުރައްސާރަ ކުރި މައްސަލައެވެ.

އެނގިފައިވާގޮތުގައި އަދުނާން އެ އަމަލު ހިންގާތާ މިހާރު އަށް އަހަރުވެއްޖެއެވެ. ނަމަވެސް އެކަން ކަމާބެހޭ ފަރާތްތަކާ ހަމައަށް ނުގޮސް ސިއްރުވެފައިވަނީ ދެ އަންހެނުންނަށް އަދުނާން ބިރުދައްކާ ނުފޫޒު ފޯރުވާތީއެވެ.

އަދުނާނު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައާއި ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އައިނާން އަލީ މުހައްމަދު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ މަޖިލީހުން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފޮނުވައިފައެވެ.