ޚަބަރު

މާފުށީގައި ހިންގި މާރާމާރީއެއްގައި ފަސް މީހަކު ޒަހަމްކޮށްލައިފި

އާނިފާ ހުސެއިން ސިރާޖް

ކ. މާފުށީގައި ރޭ ހިންގި މާރާމާރީއެއްގައި ފަސް މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ މާފުށީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވި ފަސް މީހުންނަށް އެރަށު ހެލްތު ސެންޓަރުން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މާރާމާރީއާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މާފުށީ ކައުންސިލަށް ގުޅުމުން ޖަވާބެއް ވަނީ ލިބޭގޮތް ނުވެފައެވެ.