ޚަބަރު

ގޯ އެއާ އިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށައިފި

މަރިޔަމް ޝަހުދާ

ގޯ އެއާ އިން އަނެއްކާވެސް ރާއްޖެއަށް ދަތުރުކުރަން ފަށައިފިއެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. ގޯ އެއާއިން ވަނީ ރާއްޖެއިން އިންޑީއާގެ ދިއްލީ، ބޮމްބޭ އަދި ބެންގަލޫރަށް ދަތުރުތައް ފަށާފައެވެ.

އިންޑިއާގެ ގޯ އެއާގެ ދަތުރުތައް ފުރަތަމަ ރާއްޖެއަށް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ތެރޭގައެވެ. ކޮންމެ ދުވަހަކު ރާއްޖެއަށް ގޯ އެއާގެ ފްލައިޓެއް ދަތުރުކުރާ ގޮތަށްފެށު އެދަތުރުތައް ހުއްޓަލާފައިވަނީ މިދިޔަ ޖުލައި މަހުގައެވެ. ރާއްޖެއަށް އެ އެއާލައިނުން ކުރަމުން އައި ދަތުރުތައް ހުއްޓަލާފައިވަނީ ވިއްސާރަ މޫސުމާއި ގުޅިގެންނެވެ.

ފަސް މަހުގެ މުއްދަތަކަށް ފަހު އަލުން އެ އެއާލައިނުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓުތައް ފަށާފައިވާ އިރު، ކޮންމެ ހަފްތާއަކު ފަސް ދުވަހު ރާއްޖެއާއި އިންޑިއާގެ ތިން ޑެސްޓިނޭޝަކާއި ދެމެދު ދަތުރުކުރުމަށް އެއެއާލައިނުން ޝެޑިއުލްކޮށްފައިވެއެވެ.