މޫސުމް

ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ރީނދޫ އެލާޓް ނެރެފި

މުހައްމަދު ޝަހީމް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭކަމަށެވެ. ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީީހުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ، ހެނދުނު 9:15 އިން ފެށިގެން މެންދުރު ފަހު 15:15 އާއި ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވާ ވަގުތުތަކުގައި މި ސަރަޙައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ހުރިހާ ރަށަކަށް ވެސް މޫސުން ގޯސްވެ ބައެއް ރަށްރަށުގައި ފެންބޮޑުވެ އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.