ގެއްލިފައިވާ ހައްގުތަކާއި މުދާތައް ހޯދުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، އަދުލު އިންސާފު ގާއިމުކޮށްދީ، ގެއްލިފައިވާ ހައްގުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައިވެއެވެ.
އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމަކީ، އަދި ގެއްލިފައިވާ ހައްގުތަކާ މުދާ އަނބުރާ ހޯދުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމަކީ، އަދި ގެއްލިފައިވާ ހައްގުތަކާއި މުދާ އަނބުރާ ހޯދައިދިނުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަންކަމެއް ނޫން." އިމްރާން ވިދާޅުވިއެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަދުލު އިންސާފު ގާއިމުކޮށްދީ، ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެ މަސައްކަތްތަކުގެ ސްޕީޑު އަވަސްކުރަން ޖެހޭ ކަމަށް ވެސް ބައެއް ފަރާތަކުން ބުނަމުންދެއެވެ.