ޚަބަރު

މާޔާ ކްލިނިކް ކައިރިން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާޔާ ކްލިނިކް ކައިރިން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މާޔާ ކްލިނިކް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ މާޔާ ކްލިނިކް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 1:18 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މާރާމާރީ ހިންގާފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި މާރާމާރީ ހިންގުމަށްފަހު އެ ދެ މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.