ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފިއެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް އިއްވުމަށް މިއަދު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދުވަނީ އެ މައްސަލައިގެ ބަޔާން ތަކާއި ހެކިތަކަށް ބިނާކޮށް ޝާރީއަތަށް ފާހަކަ ކުރެވުނު ކަންތައްތައް ޝަރީއަތުގެ މަޖިލީހަށް އިއްވަވައި ދެއްވައިފައެެވެ.
ގާޒީ ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 73 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާވެފައިވާކަން އޮޑިޓް އޮފީހުގެ އޮޑިޓުން ހާމަވެފައިވާއިރު، އެސްއޯއެފްގެ އެކައުންޓްތަކުން ޔާމީންގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާވިކަން އެނގޭ ކަމާއި، އެ ފައިސާ އަކީ ބަލަމުންދާ މައްސަލައަކާ ގުޅޭ ފައިސާކަން އޭސީސީން އަންގާފައި ވަނިކޮށް، އެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަކަށް އެހެން ފައިސާތަކެއް ޖަމާކޮށްފައިވާކަން އެނގޭކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.
އަދި ޝަރީއަތަށް ހާޒިރުކޮށް ނަގާފައިވާ ހެކި ތަކުގެ ތެރެއިން ޝަފައީ ހެތްކާއި ކިތާބީ ހެތްކަށް ބަލާއިރު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ރައީސް ޔާމީންގެ ޝަރީއަތް ބައްލަވާ ފަސް ފަނޑިޔާރުގެ ބެންޗުގައި ހިިމެނިވަޑައިގަންނަވާ ހުރިހާ ފަނޑިޔާރުން އިއްތިފާގުވާ ކަމަށްވެސް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.
އެހެން ވިދާޅުވެ އެ މައްސަލައަށް ވާހަކަ ދެއްކެވުމަށް މަައްސަލައިގައި ދައުވާކުރާ ދައުލަތުގެ ސީނިޔާ ޕްރޮސެކިއުޓާ އާއި މައްސަލަ ރައްދުވާ ރައީސް ޔާމީންގެ ވަކީލަށް ފުރުސަތު ދެއްވުމަށްފަހު، ހުކުމްގެ އަދަބު ކަނޑައެޅުމުގެ މަޝްވަރާއަށް ޝަރީއަތުގެ މަޖިިލިސް ވަނީ މެދުކަނޑައިލައިފައެވެ.
އެ މަޝްވަރާއަށްފަހު ކުޑަ ވަގުތުކޮޅަކުން ޝަރީއަތުގެ މަޖިލިސް ފަށައި ހުކުން އިއްވަވާނެ އެވެ.