ފޮރިން މިނިސްޓްރީ

ރާއްޖެއިން ނެދަލެންޑަށް ކަނޑައަޅާފައި ހުންނަ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

މަރިޔަމް ޝަހުދާ

ރާއްޖެއިން ނެދަލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހުސައިން ސޯބިރުގެ ސަފީރުކަމުގެ ފަތްކޮޅު ނެދަލެންޑްގެ ރަސްގެފާނު ވިލިއަމް އެލެކްސެންޑްރާ އަށް އަރުވައިފި އެވެ.

އަލަށް ސަފީރު ކަމަށް އައްޔަން ކުރި ހަސަން ސޯބިރަކީ ނަން-ރެސިޑެންޓް ސަފީރެކެވެ. އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ ނެދަލެންޑްގެ ނޫރެޑެއިންޑެ ޕެލެސްގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ނެދަލެންޑްސްގެ ރަސްގެފާނު ވަނީ ރާއްޖެއާއި ނެދަލޭންޑާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސޯބިރުގެ ސަފީރުގެ ކަމުގައި މިހާރަށް ވުރެ ދެގައުމުގެ ގުޅުން އެތައް ގުނައެއް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަސްގެފާނު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައްޔާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ސޯބިރު ވަނީ ރަސްގެފާނަށް ވެދުން ދަންނަވާފައެވެ. އަދި ޒަމާނުއްސުރެ ދެގައުމުގެ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ސޯބިރު ވިދާޅުވިއެވެ.