މޯލްޑިވްސް އިމިގްރޭޝަނުން މާލޭގެ ބައެއް ކެފޭ ތަކާއި ފިހާރަތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، މާލޭގެ ބައެއް ކެފޭ ތަކާއި ރެސްޓޯރަންޓް އަދި ބައެއް ފިހާރަތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި 14 ތަނެއް ފާސްކުރިއިރު، ވިސާ ނެތް 25 ބިދޭސީން ފާހަގަކުރެވުނު ކަމަށެވެ.
އޭގެ އިތުރުން ހަ ތަނެއްގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމަށް އަންގައި އިންޒާރުގެ ލިޔުން ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިފަހަކަށް އައިސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިން ހޯދާ ފިޔަވަޅުއެޅުމުގެ ގިނަ މަސައްކަތްތަކެއް އިމިގްރޭޝަނާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެންދަނީ ކުރަމުންނެވެ.