ޚަބަރު

އިންޑިއާގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް ކުރިމަތީ ހުންނަ ރޯސް ގެސްޓް ހައުސް ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މ. މުލަކު، ހުސައިން ލަތީފް ނަމަކަށް ކިޔާ ޒުވާނެކެވެ.

އެ ހާދިސާއާ ގުޅޭގޮތުން މުލަކު ކައުންސިލްގެ ރައީސް އަޝްރަފް ޖަމްޝީދު "ވަން އޮންލައިން"އަށް ވިދާޅުވީ ކައުންސިލަށް އެ މައުލޫމާތު ލިބުމާއެކު އެ ޒުވާނާގެ އާއިލާއާ ގުޅާފައިވާ ކަމަށާއި ނަމަވެސް މިވަގުތު އާއިލާގެ ފަރާތުން އެކަމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާ އިންޑިއާއަށް ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ވެސް ސާފުވާގޮތް ވެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ހއ. ފިއްލަދޫ މީހަކާ ކައިވެނިކޮށްގެން މިހާރު ލަތީފް ދިރިއުޅުމުންދަނީ އެ ރަށުގައެވެ. އޭނާގެ ތިން ދަރިން ތިބެއެވެ.