ޚަބަރު

ދެމަސް ތެރޭގައި ވިޔަފާރި ދަފްތަރެއް އެކުލަވައިލަން ހިމަނައި ބިލު ފާސްކޮށްފި

އިބްރާހިމް ޒަކީ

1

ދެ މަސް ދުވަހުގެ ތެރޭގައި ވިޔަފާރިތަކުގެ ދަފްތަރެއް، ރަޖިސްޓްރާ އެކުލަވާލަން ޖެހޭނެ ކަމަށް ހިމަނައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވި މި ބިލުގައި ބުނެފައިވަނީ ވިޔަފާރީގެ އެއްވެސް ހަރަކާތެއް ފަށާތާ ހަތް ދުވަހުގެ ތެރޭގައި، ވިޔަފާރިތަކުގެ ދަފްތަރުގައި ހިމެނުމަށް ރަޖިސްޓްރާއަށް ހުށަހަޅަންވާނެ ކަމަށެވެ.

ވަކި ބާވަތްތަކުގެ ވިޔަފާރި ހަރަކާތްތައް ހިންގުމާއި ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު ހެދުމުގެ އިހްތިޔާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް ބިލުގަިއ ބުނެފައިވެއެވެ.

ގަވާއިދުގައި ވަކި ބާވަތެއްގެ ވިޔަފާރި ހިންގިދާނެ ސަރަހައްދުތަކާއި ވަގުތުތަކާއި ވަކި ބާވަތެއްގެ ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގައި ހޯދަންޖެހޭ ހުއްދަތަކާއި ގުޅޭ އުސޫލުތައް ރަޖިސްޓްރާ ބަޔާން ކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައި ވަނީ ފޮރިން އިންވެސްޓުމަންޓާއި ގުޅޭ ގާނޫނުގެ ދަށުން ހުއްދަ ނުހޯދާ އެއްވެސް ބިދޭސީ ފަރާތަކަށް ރާއްޖޭގައި ވިޔަފާރި ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟