އިބްރާހިމް ޒަކީ
ނާޖާއިޒް ގޮތުގައި އެކި ކަންކަމަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ބޮޑެތި އަދަދުތައް ދިނުން ހުއްޓުވުމަށް ގާނޫނުތަކަށް ބަދަލު ގެންނަނަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިހެން ވިދާޅުވީ ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައި ވަނިކޮށް، ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ނިންމަވައިފިއެވެ.
މި ކަމާ ގުޅީގެން އޭޖީ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާކުތަކުގެ ތެރެިއން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާރީފް އޭޖީއާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރާއި ރައްޔިތުންގެ މަސްލަހަރު ހިމާޔަތް ކުރުމަށް ގާނޫނުތަކަށް ބަދަލު ގެންނަންމުންދާ ކަމަށެވެ.
ހާއްސަކޮށް އެއްބަސްވުންތަކާ ގުޅިގެން ވީހާވެސް ބޮޑަކަށް ދައުލަރުގެ މަސްލަހަތަށް އިސްކަން ދީގެން އެއްބަސް ވުމުގެ މާއްދާތަަކަށް ގެންނަންޖެހޭ ބަދލުތައް ގެނއުމަށް މިހާރުވެސް އަމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ސަރުކާރުގެ މުއައްސަސާތަކުން އެއްބަސްވުން ތަކުގައި ސޮއި ކުރުމުގެ ކުރިން ދައުލަތުގެ މަސްލަހަތު ވީހާވެސް ބޮޑަކަށް ހިމާޔަތް ކުރެވޭގޮތަށް އިސްކަން ދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ އިތުރަށް ކަމާބެހޭ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން އެބަދަން. ރިވިއު ވެސް ކުރަން، އެގޮތުން މާލިއްޔަތުގެ ގަވާއިދު އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށް އެކަމަށް ކުރަންޖެހޭ ކަންކަން އެ މިނިސްޓްރީން އެބަކުރޭ، މުސްތަގުބަލްގައި މިފަދަ ކަންކަން ހުއްޓުވުމާބެހޭގޮތުން، މިހރު މަަސައްކަތް ކުރަމުން މިދާ މަދަނީ އިޖުރާއަތުގެ ބިލުުގައިވެސް ގެއްލުނުގެ ބަދަލާ ބެހޭގޮތުން ލިބިޓޭޝަތައް ހިމަނާނަން ރައްޔިތުންނަށްް މާލީ ބުރައެއް އުފުލަން ނުޖެހޭގޮތަށް،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.