ޚަބަރު

ބަޖެޓްގެ ބަހުސް ބަހުސްތައް ހޯމަ ދުވަހު ފަށާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަ ބަޖެޓްގެ ފަހު ބަހުސް ތައް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފައްޓަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މަޖިލިސްް މެންބަރުންނަށް ހުޅުވާލައި ބަޖެޓް މެންބަރުންނަށް ފޮނުވާފައިވާ ކަމަށެވެ.

އަދި ހޯމަ ދުވަހުގެ ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓް ދެއްވުމަށްފަހު ބަޖެޓަށް ވޯޓަށް އައްސަވާނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް ބަޖެޓް ކޮމިޓީިން ބަޖެޓް ފާސް ކުރިއިރު އެ ބަޖެޓަށް 366 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ.

މެންބަރުން ބަޖެޓަށް ބަހުސް ކުރާއިރު ސަމާލްކަންދޭންވީ ކަންތައްތައް މަޖިލިސް ވަނީ މިއަދު މެންބަރުންގެ ސަމާލުކަމަށް ގެންނަވައިފައެވެ.