ޚަބަރު

މަޖިލިސް ޗުއްޓީއަށް ދިއުން ފަސް ކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްމިދާ މިއަހަރުގެ ތިންވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިއުން ފަސް ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން މިހާރު މި ހިންގާ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ މި ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ނަމަވެސް މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް އަންނަ ޑިސެންބަރު މަހުގެ ފަސް ވަނަ ދުވަހާ ހަަމައަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިިން މިއަދު ވަނީ ފާސްކޮށްފައެވެ.

އެގޮތަށް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކައިގަ މަޖިލިސް ރައީސް ވިދާޅުވީ މިދައުރުގައި ކުރުމަށް މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި އެބަހުރިކަމަށެވެ. އެމަަސައްކަތްތައް ނިންމުމަށް މިދައުރުގެ މުއްދަތު އިތުރުކުރަންޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.