ޚަބަރު

ގެފުޅުގެ އުރަކޮޅު ފެހުމުގައި ބައިވެރިވުމުގެ ޝަރަފު މިނިސްޓަރު ޝާހިދަށް

މުހައްމަދު ޝަހީމް

1

ގެފުޅުގެ އުރަކޮޅު ފެހުމުގައި ބައިވެރިވުމުގެ ޝަރަފު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފިއެވެ.

މިކަން ހާމަ ކުރައްވާ މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގެފުޅުގެ އުރަކޮޅު "ކިސްވާ" ފަރުމާ ކުރުމުގައި ބައިވެރި ވުމުގެ އުފާ ހާސިލް ކުރާކަމަށެވެ.

މި ފުރުސަތު ޝާހިދުއަށް ލިބިވަޑައިގެންފައިވަނީ ސައުދީއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓް

ހާރިޖީ ވަޒީރު ޝާހިދު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފައިވަނީ އޯއައިސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރު ފުޅުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދު އަލް އުތައިމީންއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުތައިމީން ވަނީ ދިވެހިރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟