ޚަބަރު

މަރުގެ ރިޕޯޓްތަކާ ގުޅިގެން ފިޔަވަޅު އަޅާނެ މީހަކު ނެތް ކަމަށް ކޮމިޝަނުން ވަނީ ބުނެފަ: ހޯމް މިނިސްޓަރު

އިބްރާހިމް ޒަކީ

ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެއްވެސް ފަރާތަކާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން މިހާތަނަށް ފުލުހުން އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިން އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު މިއަދު ވިދާޅުވީ، އަފްރަޝީމްގެ މަރުގެ ރިޕޯޓް މަރު ކޮމިޝަނުން ރިޕޯޓް ނެރުމާއެކު ދެފަހަރެއްގެ މަތިން ކޮމިޝަންގެ ބޭފުލުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ބޭފުޅުންގެ އިތުރުން ފުލުހުންގެ އިސްވެރިނާއެކު ބައްދަލު ލުރެއްވި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި އެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ބަންދުކޮށް ފިޔަވަޅު އަޅަން ޖެހޭތޯ ދެންނެވުުމުން އެއްވެސް ފަރާތަކުން އެކަން ފާހަގަ ކޮށްފައި ނުވާ ކަމަށާއި، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ބަންދުކޮށް ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް މަރު ކޮމިޝަންގެ ނައިބުރައީސާ އިސްވެ ވިދާޅުވެފައިވާ ކަމަށެވެ.

"ރިޕޯޓް ނެރުމާއެކު އަޅުގަނޑު ދެފަހަރެއްގެމަތިން ކޮމިޝަންގެ ބޭފުޅުންނާ ޕްރޮސިކިއުޓާ ޖެނެރަލްގެ ބޭފުޅުންނާ އަދި ފުލުހުންގެ އިސްވެރިނާއެކު ދެ ފަހަރެއްގެ މަތިން އަޅުގަނޑުގެ އެދުމާއެކު ބައްދލު ކުރިން، ދެ ބައްދަލުވުމުގައިވެސް ފުރަތަމަ ބައްދަލުވުމުގަ އަޅުގަނޑު ދެންނެވިން އެ ރިޕޯޓްގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ، ހައްޔަރު ކުރެވޭނެ، އެއްވެސް މީހަކު އެބަހުރިތޯ،އޭ، ކޮމިޝަންގެ ބޭފުޅުން ވިދާޅުވީ އެވަގުތުގަ އެކަން ދެންނެވެން ނެތް ކަމަށް. އަޅުގަނޑު ދެންނެވިން 24 ގަޑިއިރު ރިޕޯޓްތަކާއި ލިބިފަހުރި ބަޔާންތަކާއި ގުޅުންހުރި ހުރިހާ އެއްޗެއް ދިރާސާ ކުރުމަށްފަހުގައި އެއްވެސ މީހެއްގެ މައްޗަށް ހައްޔަރުގެ އަމުރެއް، ދައުވާއެއް ކުރުމަށް ފުރުސަތު އެބައޮތްތޯ، ދިރާސާކޮށްގެން ގެނެސްދޭށޭ، އޭގެ 24 ގަޑިއިރު ފަހުން އަޅުގަނޑު އެ ބޭފުޅުންނާ ބައްދަލުކުރިން އެބޭފުޅުން ވިދާޅުވީ އެވރިޕޯޓްގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރުގެ އަމުރެއް ނެރޭކަށް އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް ޖާގައެއް ނެތޭ: އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ މައްސަލައިގަ ހަމަ އެކަނި އެއްޗެއް ފާހަގަ ކުރެއްވީ، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކަމަށާއި، ޕީޖީވެސް ފާހަގަ ކުރެއްވީ އެ މައްސަލައިގަ ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ މައްސަލަ އިސްތިއުނާފް ކުރަންވެސް އިތުރު ހެތްކެއް ލިބިފައި ނުވާތީ އިސްތިއުނާފް ކުރުމަށްވެސް ޖާގަނެތްކަން ކަމަށެވެ.

އިމްރާން ވިދާޅުވީ އެ މައްސަލަތަކަށް ފިޔަވަޅު އަޅަން ބޭނުންވާ ކަމަށާއި، ތަހުގީގު ކުރުމާއި، ބަންދު ކުރުމާއި، ބަލައިފާސް ކުރުމާއި، ޕްރޮސިކިއުޓް ކުރުމާއި، ޕްރޮސިކިއުޓާ ޖެނެރަލްއަށް މައްސަލަ ގެންދިއުމުގެ ގާނޫނީ ބާރު ކޮމިޝަނަށް ލިބިފައިވާއިރުވެސް އެ މައްސަލައިގަިއ ބަންދުކޮށް ފިޔަވަޅު އަޅާނެ ފަރާތެއް ނެތްކަމަށް އަމިއްލަކަށް އެ ކޮމިޝަމުން ބުނެފައިވާ ކަމަށެވެ.