ޚަބަރު

ހިތަދޫގައި ހަދާ ޕޮލިސް އެކަޑަމީގައި މިލިޓްރީ އެއްވެސް ހަރަކާތެއް ނުހިންގާނެ: ހޯމް މިިނިސްޓަރު

އިބްރާހިމް ޒަކީ

ހިތަދޫގައި ހަދާ ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ ބޭހެއްގެ ގޮތުގައި ބޭނުންކުރަން ހަދާ ތަނެއްނޫން ކަމަށާއި އެތަނުގައި ރާއްޖެ ވެސް އަދި ބޭރުގެވެސް މިލިޓްރީ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީގެ ބޮޑު އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރުމަށް ހަދަމުންދާ އިމާރާތެއްތޯ ބެލުމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާލުވީ އެތަމް އިމާރާތް ކުރުމާބެހޭގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރުން އެއްބަސްވެ ސޮއިކޮށްފައިވަނީ 2012 ވަނަ އަހަރު ކަމަށެވެ.

އޭރު ޅ. ދިއްފުށިމައިދޫގައި އެ ގާއިމް ކުރުމަށް ނިންމި ނަމަވެސް ފަހުން ދ. ވަނީ އާއި ސ. ހިތަދޫ ރުއްޖެހި ސަރަހައްދުގައި އިމާރާތް ކުރުމަށްވެސް ހިޔާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ދެކުނު ސަރަހައްދުގައި އޮތް ބން ކަނޑައި އެކަމަށް ހަވާލުކުރީ 2014 ވަނަ އަހަރު ކަމަށާއި އެތަނުގެ އަމަލީ މަައްކަތް 2016 ގައި ފެށިފައިވާއިރު ރޭވުމަށް ބަދަލެއް ނައިސް ކުރިއަށްދާނަމަ އަންނަ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ އެކަމަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ އިމާރާތް އަޅާއި ދިނުމުގަިއ އިންޑިޔާ ސަރުކާއާއެކު ދިވެހި ސަރުކާރުން އެއްބަސް ވެފައިވަނީ 18.3 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން އިންޑިއާގެ ކުންފުންޏަކުން އެ މަަސައްކަތް ކުރުމަށް ކަމަށެވެ.

އަދި އިނޑިޔާގެ މިލިޓްރީ ބޭހެއް ރާއްޖޭގައި ގާއިމް ކުރުމަށް އެ އެއްބަސް ވުމުގައި ނެތް ކަމަށާއި، އެއްބަސް ވުމުގަިއ އޮތީ ރާއްޖޭގެ ނެޝަނަލް ޕޮލިސް އެކަޑާމީއެއް ގާއިމް ކުރުމަށްް ކަމަށެވެ.

އެހެންކަމުން އިމްރާން ވިދާޅުވީ އެތަނުގައި، ރާއްޖެ ވިޔަސް ރާއްޖޭން ބޭރުން ވިޔަސް މިލިޓްރީ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށެވެ.