ޚަބަރު

މާލޭގެ ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

16 Nov 07:27
މުހައްމަދު އައުޒަމް

މާލޭގެ ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

މިއަދު ހަވީރު މއ. ސިމްޑީލް ގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 9:10 ހާއިރެވެ. މއ. ސިމްޑީލް ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހޮޓެކް ޕްރައިވެޓް ލިމިޓެޑްގެ ގުދަނެކެވެ.

އެ ގޭގެ ތިންވަނަ ފަންގިފިލާއަށް ވެސް އަލިފާންގަނޑު ފެތުރިފައިވާ އިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ދެ ސިފައިންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އަލިފާން ރޯވި ތަނުގައި ކޮޕޯ މެޝިންތަކެއް ގޮވަމުންދިޔައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހަވީރު 5:35 ގައި ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ވަނީ ދިހަ ބުރީގެ އިމާރާތުގެ ތެރޭގައި ތިބި އެންމެންވެސް އެތަނުގެ ތެރެއިން ނެރެފައެވެ.

16 Nov 07:12

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިހާރު އެކަމާ ގުޅޭ އިތުރު ބެލުންތައް ބަލަމުންދާ ކަމަށް.

16 Nov 07:08

16 Nov 07:05

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިހާރު އަލިފާންގަނޑު 95% ކޮންޓްރޯލް ކުރެވިފައިވާ ކަމަށް.

16 Nov 06:32

ގުދަނުގައި ހުރި ސާމާނުގެ ސަބަބުން އެއްޗެތި ގޮވާ އަޑު އިވެމުން ދަނީ ކަމަށް އެމްއެންޑީއެފުން ބުނި. އަލިފާން ނިއްވުމަށް ފަޔާ ފައިޓަރުން ދަނީ ރައްކާތެރި ކަމާ އެކު ހަރަކާތްތެރި ވަމުން.

16 Nov 06:30

އެމްއެންޑީއެމްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަދިވެސް އަލިފާން ކޮންޓްރޯލް ނުވާކަމަށް. އެ ގުދަނުގައި ހުރީ އައިސް އަލަމާރިޔާ އިލެކްޓްރޯނިކް އައިޓެމްގެ އިތުރުން ބަދިގެ ސާމާނު. ގުދަނުގައި ދުން ބޯވެފައި ވާތީ ދުން ބޭރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

16 Nov 06:02

ވަން ގެ ނޫސްވެރިން ހާމަ ކުރި ގޮތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދަނީ ފެން ޖަހަމުން

16 Nov 05:59

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އާޒިމް ވިދާޅުވީ ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދެވުނު ދެ ސިފައިންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް.

16 Nov 05:57

16 Nov 05:57

ޑިފެންސް މިނިސްޓަރުގެ ގެ އިންނަނީ އިމާރާތުގެ އުތުރުން ޖެހިގެން. ކުރީގެ އެވިންސް ފިހާރަ ބިއްދޮށަށް ވާ ގޮތަށް

16 Nov 05:56

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އާޒިމް ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ދެ ސިފައިންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި.

16 Nov 05:44

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް އެ ސަރަހައްދަށް ވަޑައިގެންފި.

16 Nov 05:31

ހަތަރު ވަނަ ފަންގިފިލާގައި ތިބި މީހުން ބޭލީ ހަރުގަނޑު ބަހައްޓައިގެން ސިފައިންގެ އެހީގައި.

16 Nov 05:29

އަލިފާން ނިވުމަށް ފޯމް ޖަހަން މިހާރު އެމްއެންޑީއެފުން އަންނަނީ ތައްޔާރުވަމުންނެވެ.

16 Nov 05:19

ވަންގެ ނޫސްވެރިންނަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވި ތަނުގައި ގޮވަމުން ދަނީ ކޮފީ މެޝިންތަކެކެވެ. އަދި ޖެހިގެން ހުރި ގޭގެ ބިއްލޫރިތައްވެސް ތަޅައިގެން ދިޔަ ކަމަށްވެއެވެ.

16 Nov 05:18

16 Nov 05:16

އަލިފާނު ރޯވެފައިވާ ގެ ކައިރީ ހަރަކާތްތެރިވާ ވަންގެ ޓީމުން ބުނި ގޮތުގައި ރޯވި އަލިފާން ގަނޑު ދަނީ ބޯކޮށް އަރަމުން ކަމަށެވެ. އަދި ކަޅު ދުމާ އެކު ވަރަށް ބާރު އަޑު ތަކެއް ދަނީ ގޮވަމުންނެވެ. ބިއްލޫރި ތަޅައިގެން ދާ އަޑުވެސް އިވޭ ކަމަށް ވެއެވެ.

16 Nov 05:16

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ގޭގެ ތިންވަނަ ފަންގިފިލާއަށް ވެސް މިހާރު އަލިފާންގަނޑު ފެތުރިފައިވާ ކަމަށް.

16 Nov 05:14

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އެ އިމާރާތުން މީހުން ހުސްކުރަމުންދާ ކަމަށް.

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ މއ. ސިމްޑީލް ގޭގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި އެކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހަވީރު 5:35 ގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

މއ. ސިމްޑީލް ގޭގެ ހަތަރުވަނަ ފަންގިފިލާއަކީ ހޮޓެކް ޕްރައިވެޓް ލިމިޓެޑްގެ ގުދަނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުގެ ތެރޭގައި ވަރަށް ބޮޑަށް ދުންގަނޑު ވަނީ ފެތުރިފައެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ މއ. ސިމްޑީލް ގޭގެ ހަތަރުވަނަ ފަންގިފިލާގައި ނުނުކުމެވިފައިވާ ތިބި މީހުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ ސަލާމަތްކޮށްފައެވެ.

ތަފްސީލް އަންނަނީ...