މާފަންނު ގެއެއްގެ ލިފްޓު ގޮޅިއަކު ވެއްޓި، ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގެ ހަތްވަނަ ފަންގިފިލާގެ ލިފްޓް ގޮޅިން ބިދޭސީއަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު 15:33 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ ހަތްވަނަ ފަންގިފިލާގެ ލިފްޓު ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅުމުގެ ތެރޭގައި ކަމަށާއި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިއަދު ލިފްޓު ގޮޅިއަކުން ވެއްޓި ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، މިމަހުގެ 16 ވަނަ ދުވަހު މާލޭގެ ގެއެއްގެ ވައި ގޮޅިއެއްގެ ތެރޭގައި 28 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ.