ޚަބަރު

އެމްޑީޕީގެ ރައީސް ކަމަށް، މިފަހަރުވެސް ރައީސް ނަޝީދަށް ބޮޑު ތާއީދެއް

އިބްރާހިމް ޒަކީ

1

އެމްޑީޕީގެ ރައީސް ކަމަށް މީގެ ކުރިންވެސް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކޮށްފިއެވެ.

މިއަދު 2:00 އިން ފެށިގެން 7:00 އަށް ކުރިއަށްދިޔަ މި އިންތިހާބުގައި، އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު ރައީސް ނަޝީދާ ވާދަކޮށްފައެއް ނުވެއެވެ.

އެހެންކަމުން ރައީސްކަމުގެ އިންތިހާބު ކުރިއަށްދިޔައީ ފެންނަ ނުފެންނަ ވޯޓެއް ގޮތުގައެވެ.

އިންތިހާބުުގެ ހުރިހާ ވޯތު ފޮށިތަކެއް އަދި ގުނާފައި ނުވާތީ، ރައީސް ނަޝީދަށް ލިބިވަޑައިގެން ވޯޓުގެ ޖުމްލަ އަދަނެއް އަދި ނޭނގެއެވެ.

ނަމަވެސް އެމްޑީ ޕީ އޮފިޝަލަކު "ވަން އޮންލައިން" އަށް މިރޭ ވިދާޅުވީ ވޯޓު ލީ މީހުންގެ ބޮޑު ޕަސެންޓެއްގެ ތާއީދު ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ފުރިހަމަ ނަތީޖާ އެނގޭނީ ހހުރިހާ ފޮއްޓެއް ގުނައި ނިމުމުން ކަމަށާއި އެކަން ރަސްމީކޮށް އިއުލާނު ކުރާނީ އިންތިހާބީ ކޮމިޓީން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިފަހަރުވެސް ވަރަށްބޮޑު ތާއީދެއް ރައީސް ނަޝީދަށް އޮތް ކަން ވަނީ ދައްކައިދީފަ، ނަމަވެސް ފުރިހަމަ ނަތީޖާ ފާޅު ނުކުރަނީސް އަދަދު ދަންނަވަން ދަތި، ފުރިހަމަ ނަތިޖާ ފާޅު ކުރާނީ ހުރިހާ ފޮއްޓެއް ގުނައި ނިމިގެން، އިންތިހާބީ ކޮމިޓީން،" އޮފިޝަލް ވިދާޅުވިއެވެ.

އެމްޑީިން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބިފައި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟