ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމުގެ ފިކުރަކީ ޖަމިއްޔަތުއް ސަލަފް އެކަމާ ދެކޮޅު ފިކުރެއް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިިގަ، ސަލަފް ޖަމްއިއްޔާއަށް ފިޔަވަޅުއަޅަން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކާ ގުޅިގެން އެ ޖަމިއްޔާއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޖަމިއްޔާގެ ފަރާތުން ބުނީ ބޭރުގެ ހަނގުރާނަތަކުގައި ބައިވެރިވުމުގެ ފިކުރަކީ އެ ޖަމިއްޔާއިން ތާއީދުކުރާ ފިކުރެއް ނޫން ކަަމަށާއި އަދި އެފަދަ ފިކުރުތައް ގެންގުޅޭ މީހުން އެކަންކަމުން ދުރުކުރުމަށް ސަލަފުން މަސައްކަތް ކުރާ ކަމަށެވެ.
"ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމުގެ ފިކުރަކީ ޖަމިއްޔަތުއް ސަލަފް އެކަމާ ދެކޮޅު ފިކުރެއް. އަޅުގަނޑުމެން އެކަމަށްޓަކައި އެފަދަ ފިކުރުތައް ގެންގުޅޭ މީހުން އެކަންކަމުން ދުރުކުރުމަށްޓަކައި ވަރަށްބޮޑަށް މަސައްކަތް ކުރަން." ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ދަރިން ހެޔޮ ގޮތުގައި ރަނގަޅަށް ތަރުބިއްޔަތު ކުރުމަށާއި އެކުދިންނަށް އިސްލާމްދީނުގެ ރިވެތި އަހުލާގާއި މެދުމިނުގެ އުސޫލުތަކަށް ހޭލުންތެރިކުރުވައި ހަރުކަށި ފިކުރުތަކާ ދެކޮޅަށް އެކުދިން ތަރުބިއްޔަތުކުރުމަށް ސަލްފް ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ދަރިވަރުން ކިޔަވާ މުގައްރަރަށް ގެނެވޭ ބަދަލުތަކަށް ސަމާލުވުމަށާއި، ސަބަބަކީ "ލާދީނީ" އެމްޑީއެން ފަދަ ޖަމާއަތްތަކުން ނެރެފައިވާ ރިޕޯޓުތަކަށް ރިއާޔަތް ކޮށް ތަފާތު އެކިއެކި ކަންކަން ހިނގާފާނެކަމުގެ ބިރުވެރިކަން މިހާރު އިތުރުވެފައިވާތީ ކަމަށްވެސް އެ މަޖިއްޔާއިން ބުންޏެވެ.