އިބްރާހިމް ޒަކީ
ރައްޔިތުންނަށް ފެންނަގޮތް ހާމަކުރުމަށް ބާއްވާ މިފަދަ އިންތިހާބު ތަކަކީ ޑިމޮކްރަސީ އަށް ވަރަށް ބޭނުނތެރި ކަމެއް ކަމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރަން މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، މިނިވަން ކަމާއެކު ބާއްވާ އިންތިހާބު ތަކުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމަށެވެ.
"ރައްޔިތުންނަށް ފެންނަގޮތް ހާމަކުރުމަށް ބާއްވާ މިފަދަ އިންތިހާބު ތަކަކީ ޑިމޮކްރަސީއަށް ވަރަށް ބޭނުންނެރި ކަމެއް، މިނިވަން ކަމާއެކުގައި ބޭއްވޭ މިފަދަ އިންތިހާބު ތަކުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް އަނެއްކާވެސް ލިބިގެން ދަނީ ވަރަށްބޮޑު ކުރިއެރުމެއް،" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ބާއްވާ އިންތިހާބަކީ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި އެމްޑީޕީން ފެށި މަސައްކަތުގެ ތެރޭން ބާއްވާ ހަރަކާތެއް ކަމަށެވެ.
އެމްޑީޕީއަކީ މިފަދަ އިންތިހާބުތައް ކެނޑިނޭޅި ބާއްވަމުން އަންނަ ޕަޓީއެއް ކަމަށާއި، މިއަދު މިއަދުގެ އިންތިހާބުވެސް ވަރަށް އޮމާންކަމާއެކީގައި ކުރިއަށްދާތަން ފެނިގެންދާ ކަމަަށްވެސް ވިދާޅވިއެވެ. ޕާޓީގެ އެތެރގެ ބޭއްވޭ މިފަދަ އިންތިހާބު ތަކުގައި ވީހާވެސް ގުިނަ މެންބަރުން ބައިވެރިވެ އެ މެނ2ްބަރުންގެ ވިސނުން ހުރި ގޮތަކަށް ކަންތައްތައް ނިމިގެން ދިއުން، އޭރުް ޕާޓީ ހިންގުމުހަިއ ޑިމޮކްރަސީއާ އެއްގޮތަށް ކަންތައްތައް ނިމިގެންދާނީ،
އަދި ޕާޓީ ހިންގުމުގައި ޑިމޮކްރަސީއާ އެއްގޮތަށް ކަންތައްތައް ނިމިގެންދާނީ، ޕާޓީގެ އެތެރޭގައި ބާއްވާ މިފަދަ އިންތިހާބު ތަކުގައި ވީހާވެސް ގިނަ މެންބަރުން ބައިވެރިވެ، އެ މެންބަރުންގެ ވިސްނުން ހުރި ގޮތަކަށް ކަންތައްތައް ނިމިގެން ދިއުމުން ކަމަށްވެސް ވިދާޅުވިއެވެ.
"މީގެން ދޭހަ ކޮށްދެނީ އެމްޑީޕީގެ މެންބަރުން އިންތިހާބުތަކަށް ތަސައްރަފު ފުދިފަ މިކަން އެނގިގެން ކުރާ ބައެއްކަން. އަޅުގަނޑު އެދެނީ މި ޕާޓީގެ އެތެރޭގެ ބޭއްވޭ މިފަދަ އިންތިހާބު ތަކުގައި ވީހާވެސް ގިނަ މެންބަރުން ބައިވެރިވެ އެ މެންބަރުންގެ ވިސްނުން ހުރި ގޮތަކަށް ކަންތައްތައް ނިމިގެން ދިއުން. އޭރުން ޕާޓީ ހިންގުމުގައި ޑިމޮކްރަސީއާ އެއްގޮތަށް ކަންތައްތައް ނިމިގެންދާނީ،" ރައީސް ވިދާޅުވިއެވެ.