ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލް ގެ މަގާމަށް އައިމިނަތު ޖާބިރު ހަމަޖައްސައިފިއެވެ.
މިއީ އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުންނެވެ.
ޑީއާރްޕީން ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް ގެ މަގާމަށް އައިމިނަތު ޖާބިރު ހަމަޖެއްސީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
މީގެކުރިން ޑީއާރްޕީގެ އެސްޖީގެ މަގާމުގައި ހުންނެވީ ނަހުލާ އަލީއެވެ.
ނަމަވެސް އޭނާ ވަނީ އެޕާޓީން ވަކިވެފައެވެ.