އިބްރާހިމް ޒަކީ
ދިރުވާލައިގެން ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.60 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި އަތުލައިގަން މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ދެފަހަރެއްގެ މަތިން މި ތަކެތި އަތުލައިގެންފައިވަނީ، ބްރެޒިލުން ރާއްޖެ އައި ދެ ފިރިހެނެއްގެ އަތުން ކަމަށާއި އެތަނުން 42 އަަހަރުގެ މީހާގެ އަތުން އަތުލައިގަތް ތަކެތީގެ ބަރުދަަނުގައި 837.2 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަދި އުމުރުން 29 އަހަރުގެ މީހާގެ އަތުން އަތުލައިގަތް ތަކެތީގެ ބަރު ދަނުގައި 765.5 ގްރާމް ހުރި ކަމަަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ދެމީހުން ބަލައި ފާސް ކުރުމުގެ ތެރޭގައި ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައިވާ ކަމަށް ޝައްކުވެގެން އިތުރަަށް ބެލި އިރު، އެމީހުންގެ ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން ރާއްޖެ އެތެރެ ކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެ ތަކެއްޗާއި އެކަމުުގަިއ ޝާމިލްވާ މީހުން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.