ޚަބަރު

ޣައްސާން މައުމޫން ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ ފޮ ސޯޝަލް އެފެއާޒްގެ މަގާމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން އިސްތިއުފާ ދެއްވައިފި އެވެ.

އެ މަގާމުން ޣައްސާން އިސްތިއުފާ ދެއްވާފައިވާ ކަމުގެ ސިޓީއެއް ޣައްސާން ވަނީ ރައީސް އޮފީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދައުރުުގައި ހިދުމަތް ކުރައްވަން ދެއްވިކަމަށްޓަކައި ޣައްސާން ވަނީ އެ ސިޓީގައި ރައީސް ޔާމީން އަށް ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހިރާއްޖެ އަށް ގެނެސްދެއްވި ހައިރާން ކުރަނިވި ތަރައްގީއަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ފަހުރުވެރިވާ ކަމަށެވެ.

ޣައްސާން އިސްތިއުފާ ދެއްވާފައި މިވަނީ ސިޔާސީ މަގާމު ތަކުގާ ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އިންތިހާބީ ރައީސް އިބޫ ގެ ތަރުޖަމާނު މާރިޔާ ވިދާޅުވެފައި ވަނިކޮށެވެ.