ޚަބަރު

ގެއެއްގައި ބަނގުރާ ކައްކަން އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި

އިބްރާހިމް ޒަކީ

ގެއެއްގައި ބަނގުރާ ކައްކަން އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މައްޗަންގޮޅީ ގެއަކުން ދުން އަރާކަމަށް މިއަދު ހެނދުނު 9:45 އެހާކަންހާއިރު ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެގެއަކީ ބިދޭސީން ދިރިއުޅޭ ގެއެއް ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ބިދޭސީންތަކެއް ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައި ކަމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ ގެއާއި އެ ހާދިސާއާބެހޭ އިތުުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.