ރޭގެ ވަގުތެއްގައި އދ.މަންދޫން ގެއްލުނު އުމުރުން ދުވަސްވީ ފިރިހެން މީހާ ފެނިއްޖެއެވެ.
މަންދޫން ރޭގެ އިޝާ ނަމާދަށްފަހު 83 އަހަރުގެ ފިރިހެނެއް ނުފެނިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 21:35 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް މަންދޫއަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފުލުހުން މިއަދު ބުނީ، ރޭގެ ވަގުތެއްގައި މަންދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވަނީ ރަށުގެ ވަލު ސަރަހައްދުން ކަމަށެވެ. އަދި އެމީހާ ފެނުނު އިރު ހުރީ ގަދަވެ ސަލާމަތުން ނަމަވެސް އެމިހާގެ ޗެކަޕެއް ހެދުމަށް ހެލްތް ޕޯސްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.