ޚަބަރު

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި

އިބްރާހިމް ޒަކީ

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުން މީހަކު ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި އެ މީހާއަކީ 27 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އެމީހާއާ ބެހޭ އިތުރު ތަފުސީލެއް އިމިގްރޭޝަނުން ނުދެއެވެ.

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު އިއްޔެވެސް އިމިގްރޭޝަނުން ވަނީ ހުއްޓުވައިފައެވެ.

އިމިގްރޭޝަނުން ބުނީ، އިއްޔެ ހުއްޓުވާފައިވަނީ 44 އަހަރުގެ ބިދޭސީއެއް ކަމަށެވެ.

މި ދެމީހުންގެ އިތުރުން މި މިމަހުގެ މިހާތަނަށް މުޅިއެކު ހަތަރު މީހުން ނަކަލު ކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށްް ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ. ނަމަވެސް އެމީހުންނަކީ ކޮން ގައުމަކަމަށް ނިސްބަޔްވާ ކޮން ނަމެއް ކިޔާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.