ޚަބަރު

އެޗްޑީސީގެ މާލީ ހާލަތު ގޯސްކަމުން މިމަހުގެ މުސާރަ ދޭނެގޮތަކާ މެދުވެސް ސުވާލު އުފެދޭ : ޓްރާންސިޝަން

އަހުމަދު ޖައިޝަން

1

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން މި މަހުވެސް މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.

ޓްރާންސިޝަން ކޮމިޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެެރީންގެ ބައްދަލުވުމުގައި އެޗްޑީސީއީ އާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން އިލްޔާސް ލަބީބް ވިދާޅުވީ އެޗްޑީސީގައި ފައިސާ ދައުރުވުން ނުވަތަ ކޭޝްފްލޯގެ ހާލަތު ވަރަށް "ސަކަރާތް" ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ބޭނުންތަކަށް އެ ކުންފުންޏަށް މުޅިން އާ މުވައްޒަފުންވެސް ވައްދާ އެ ފަރާތްތަކަށް މުސާރަ ދީފައިވާ ކަމަށެވެ.

"ޑިޕާޓްމެންޓްތަކުގައި މަސައްކަތްކުރާ މީހުންނަށްވުރެ އިތުރަށް އެބަހުރި ސެކިއުރިޓީންގެ ނަމުގައި ވެސް މީހުން ވައްދާފަ،" އިލްޔާސް ވިދާޅުވިއެވެ.

އެ މީހުން އެޗްޑީސީއަށް ވައްދާފައިވަނީ ރަސްމީ ކަމަކަށް ދޫކޮށް ޕީޕީއެމްގެ ކެމްޕެެއިނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ކަންތައްތަކަށް ކުންފުނި، ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާކަން ލިޔެ ކިޔުމުންވެސް ސާބިތު ވާން އެބަަހުރި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟