ހައިކޯޓު

އަމީތު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަންނަ އުޅުމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 2017 ވަނަ އަހަރުގެ 24 ވަނަ ދުވަހު ވަންނަން މަސައްކަތްކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 2017 ވަނަ އަހަރުގެ 27ގައި ކޯޓު އަމުރެއްގެ ދަށުން އަމީތު ހައްޔަރުކުރިއެވެ.

އެ އަމުރުގައި އަމީތު ހައްޔަރުކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު ހޯމަ ދުވަހު ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އޭރު އަމީތު ހައްޔަރުކުރުމަށް ފަހު 2017ގެ އޮގަސްޓު 12ގައި ކްރިމިނަލް ކޯޓުން ވަނީ ބަންދު މުއްދަތު އިތުރުކޮށްފައެވެ. އޭރު އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، އެ މައްސަލައިގައި ހައި ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ.