ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ހަތަރެއްގައި

މަރިޔަމް ޝަހުދާ

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން މީގެ އިރުކޮޅެއް ކުރީން އިއުލާނުކޮށްފަ އެވެ.

މީގެ ކުރިން އީސީން ވަނީ އަންނަ އޭޕްރީމް މަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އޭރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް ބުނެފައެއް ނުވެއެވެ.

އީސީން ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެވެ. އަދި އެ އިންތިހާބުގައި 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައި އަދި 25 މީހުން ރަޖިސްޓްރީ ކުރާ ޖަލުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އެކޮމިޝަނުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން، ބޭރު ގައުމެއްގައި 150 މީހުން ވޯޓު ލާން ރަޖިސްޓްރީ ކޮށްފިނަމަ، އެގައުމެއްގައި ވެސް ވޯޓު ފޮށި ބަހައްޓާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.

އީސީ އިން މިއަދު ކޮށްފައިވާ ޓުވީޓު

ކައުންސިލް އިންތިހާބަށް ކުރިމަތި ލުމަށް ހުޅުވާލާނީ އަންނަ އަހަަރު ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް އީސީން ބުނެއެވެ.