ޚަބަރު

ސަލަފް ރަޖިސްޓްރީ ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ ނަޝީދު ހެއްދެވީ އިތުރުފުޅެއް: އަލީ ރަމީޒް

މުހައްމަދު ޝަހީމް

1

ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ސަލަފް ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ ސަލަފްގެ ރަޖިސްޓްރީގެ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައެވެ. އަލީ ރަމީޒު މި މެމޭރުމުން ޓުވީޓްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލަފް ޖަމިއްޔާއާއި ބެހޭގޮތުން ގިނަ ވާހަކަ ތަކެއް ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކޮށް ނުދިނުމަށް ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކާއި، ކަމުވޮށިގެންވާ އެތައް ބަޔަކާއި ސިޔާސީ އެތައް ބަޔަކު އެދެމުން ދަނިކޮށް އެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްދިނީ އެމްޑީޕީގެ ވެރިކަމުގައި އެ މަނިކުފާނު ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވައިގެން ކަމަށެވެ. އަދި އެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްދިނީ އޭރު އެ ޖަމިއްޔާ ރަޖިސްޓްރީ ނުކޮށްފިނަމަ އެ ޖަމިއްޔާ މަސައްކަތް ކުރާނީ އަންޑާ ގްރައުންޑްގައި ކަމަށްވާތީ ކަމުގައިވެސް ވިދާޅުވިއެވެ.

ސަލްފް ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރުގެ ޓްވީޓް

ސަލަފް ޖަމިއްޔާގެ ރަޖިސްޓްރީ ކަމަށް ބުނާ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވަމުން ދާއިރު، މި ރަޖިސްޓްރީގައި ވާގޮތުން "ޖަމިއްޔަތުލް އަންސާރު" ގެ ނަން " ޖަމިއްޔަތުއްސަލަފް" ގަ ނަމަށް ބަދަލުކުރީ 7 ޖޫން 2006ގަ އެވެ. އަލީ ރަަމީޒު އާއި ވިދާޅުވީ ދައުރުވަމުން އަންނަ ފޮޓޯ އަކީ ސައްހަ ފޮޓޯއެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟