އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު ސީއެޗްއެސްސީ ހޯލުގައި ބޭއްވި އެ ސްކޫލްގެ ދަސްވެނިވުމުގެ ދެވަނަ ދަންފަޅީގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި މެޑަމް ފަޒްނާ ވަނީ އެ ދަސްވެނިވި ދަރިވަރުންނަށް ޓްރޮފީއާއި ސެޓްފިކެޓު ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ކީރިތި ގުރުއާނުގެ ބައެއް ހިތު ދަސްކުރި ދަރިވަރުންނަށްވެސް މެޑަމް ފަޒްނާ ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވިއެވެ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލުން މިއަހަރު 216 ދަރިވަރުން ދަސްވެނިވެ ޓްރޮފީއާއި ސެޓްފިކެޓު ހާސިލްކޮށްފައިވެއެވެ. އަދި ދަސްވެނިވި 216 ދަރިވަރުންގެ ތެރެއިން ގުރުއާނުން ބައެއް ހިތުދަސްކޮށްގެން ސެޓްފިކެޓާއި ޓްރޮފީ ހާސިލުކޮށްފަިއވަނީ 64 ކުދިންނެވެ.
އެކްސެލް އަކީ އެމެރިކާގެ ކަރިކިއުލަމަކަށް 18 މަހުން ފެށިގެން 6 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. މި ސްކޫލްގައި 120 އަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެއެވެ.