ގެސްޓް ހައުސްއެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީ ކުރަމުންދިޔަ 12 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެމީހުން ހައްޔަރުކުރީ ހުޅުމާލެ ގެސްޓް ހައުސް އެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފުލުހުން ފުލުހުންނާއި އެސްއޯ ގުޅިގެން މިރޭ 8:04 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އޮޕަރޭޝަންގައި ހައްޔަރުކުރީ 11 ފިރިހެނުންނާއި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ނަމަވެސް އެމީހުން ޕާޓީ ކުރަމުންދިޔައީ ކޮން ނަމެއް ކިޔާ ގެސްޓް ހައުސް އަކުން ކަމެއް އަދި އެމީހުންގެ އަތުން ފެނިފައިވަނީ ކިހާ ބަނގުރަލެއް ކަމެއް ފުލުހުން ނުބުނެއެވެ.