ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ދެވަނަ ފަހަރަށް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސް ކޮށްފިއެވެ.
ބިޝާމް ވަކިކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ޖުޑިޝަރީ ކޮމިޓީން ފެށިއެވެ. ނަމަވެސް އެފަހަރު އެމަސަައްކަތް ކުރިއަށް ގެންދަން ކޮމިޓީން ފާސްކުރީ، އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެ މައްސައްކަތް ކުރިއަށް ގެންދަން ހުށަހެޅުއްވި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު އަލުން އެ ކަން ބާތިލް ކުރަން ހުށަހަޅުއްވައިގެން ކޮމިޓީން ވަނީ އެކަން ބާތިލް ކޮށްފައެވެ.
ބިޝާމްގެ ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން މިއަދު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.
މި ހުށަހެޅުން ފާސްވީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ބިޝާމްގެ މައްޗަށް މެންބަރުން ތުހުމަތު ކޮށްފައިވަނީ، މީހުންގެ މައްޗަށް ސިޔާސީ ދައުވާ ކުރުމާއި، ޒިންމާ ނުއުފުލުމާއި، ދައުވާ ކުރުން އިންތިހާއަށް ލަސްވުމުގެ ތުހުމަތުތަކެވެ.