ޚަބަރު

ސަލަފް ޖަމިއްޔާއާއި އިސްލާމިކް މިނިސްޓްރީ އުވާލަން ޖާބިރު ގޮވާލައިފި

އިބްރާހިމް ޒަކީ

2

ޖަމިއްޔަތުއް ސަލަފާއި އިސްލާމިކް މިނިސްޓްރީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަމިއްޔާތަކުގެ ގާނޫނުގެ ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާާޅުވީ، ޖަމިއްޔާތަކުން ކަންތައް ކުރަނީ ވަރަށް ބިރުވެރިކޮށް ކަމަށެވެ. އަދި މީހުންނަށް އިސްލާމްދީން ދައްކަން އިސްލާމިކް މިނިސްޓްރީ އާއި ޖަމިއްޔާތައް އޮންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމަށާއިި ރާއްޖޭގައި ތިބޭނީ ސުންނީ މުސްލިމުންކަން ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ވަކި މިނިސްޓްރީ އަކަށް ނުވަތަ ވަކި ޖަމާއަތަކަށް އިސްލާދީން ހަވާލު ކޮށްފައި ގާނޫނު އަސާސީން ނޯންނާނެ ކަމްށްވެސް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްްޓްރީ މިހާރުން މިހާރަށް އުވާލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށާއި، ރާއްޖޭގައި ހިންގާ ސަލަފު ޖަމިއްޔާ އުވާލައި އެ ޖަމްއިއްޔާތަކަށް ނިސްބަތްވާ ފަރާތްތައް ހިފާ ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަަށް އިސްލާމިކް މިނިސްޓްރީއެއް އިސްލާމިކް މިނިސްޓަރެއް ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟