ޑައިވިން އަށް ގޮސް އުޅެނިކޮށް ޑީކޯވެގެން ގދ. ތިނަދޫގައި ފަރުވާ ދެމުންދާ ދެ ދިވެހިން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޑީކޯ ވެގެން ފަރުވާ ދެމުންދާ ދެ ދިވެހިންނަކީ އުމުރުން 27 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ކަމަށެވެ.
މި ދެ މީހުން ގޮވައިގެން އެމްއެންޑީއެފް ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 1:45 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މީހުންގެ ތެރެއިން އެކަކީ މަސް ދޯންޏަކުން ޑައިވިން އަށް ފީނި މީހެކެވެ.
ޑައިވް ކުރަން އުޅުމުގެ ތެރޭގައި ޑީކޯ ވުމުގެ ހާދިސާތައް ރާއްޖޭގައި އާންމެވެ. އަދި އެފަދަ ހާދިސާތަކުގައި ބައެއް ފަހަރު ހަށިގަނޑުގެ ބޮޑުބައެއް ވާގި ނެތުމުގެ މައްސަލަތައް ވެސް ދިމާވެއެވެ.