މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، ދެ ބޭފުޅުންގެ ތެރެއިން މަހްޒޫމް ސަލީމް، ކ. ކާށިދޫ ޝަބްނަމްގެ، މީރާގެ ބޯޑަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، ދެނަން ފުޅަކީ މަހްޒޫމް ސަލީމްގެ އިތުރުން އިސްމާއިލް ސާޖިދު، މއ.ވިލާރޮދި، އެވެ.
ނަމަވެސް މަހުޒޫމްގެ ނަން ފާސް ވުމުން ސާޖިދުގެ ނަމަށް ވޯޓަށް އަހައިފައެއްނުވެއެވެ.
މީރާގެ ބޯޑަށް މަހްޒޫމު އައްޔަން ކުރަން މަޖިލީހުން ފާސް ކުރީ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 80 މެންބަރުން ވޯޓު ދެއްވައިގެންނެވެ.