ޚަބަރު

ހީލިއަމްއާއެކު ހިލޭ ފުއްޕާހަން ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސް އިން ފަށައިފި

ހީލިއަމް ގޭހާއެކު ހިލޭ ފުއްޕާހަން ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސް އިން ފަށައިފިއެވެ.

މޯލްޑިވް ގޭސްގެ މި ޕްރޮމޯޝަންގެ ދަށުން ހީލިއަމް ގޭސް ފުޅިއެއް ގަންނަ ކޮންމެ ފަރާތަކަށް 50 ފުއްޕާހަން ލިބޭނެއެވެ.

އެ ޕްރޮމޯޝަންގެ ދަށުން ދެ ސައިޒެއްގެ ހީލިއަމް ފުޅިން ޑިސްކައުންޓު ލިބޭ އިރު، ޑިސްކައުންޓު ލިބިގެންދާނީ ހަތަރު ކިލޯގެ ފުޅިއާއި 45 ލީޓަރުގެ ފުޅިންނެވެ. އެ ޕްރޮމޯޝަންގައި ހަތަރު ކިލޯގެ ފުޅި 1،000 ރުފިޔާއަށް ލިބޭނެ ކަމަށާއި 45 ލީޓަރުގެ ފުޅި 7،000 ރުފިޔާއަށް ލިބޭނެ ކަމަށް ވެސް މޯލްޑިވް ގޭސް އިން މައުލޫމާތުދެއެވެ.

ސޯޝަލް މީޑިއާގައި ވެސް ހާއްސަ ކެމްޕެއިނެއް ފަށާފައިވާ ކަމަށް މޯލްޑިވް ގޭސްއިން ބުނެއެވެ. މި ކެމްޕެއިންގައި ހާއްސަ ހޭޝްޓެގެއް ބޭނުންކޮށްގެން ހިލޭ ހީލިއަމް ގޭސް ފުޅިއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވް ގޭސް އިން މައުލޫމާތުދޭ ގޮތުގައި ކުޑަ ހީލިއަމް ގޭސް ފުޅިން 50 ފުއްޕާހަމަށް ވައި ޖަހާލެވޭނެއެވެ. އަދި ބޮޑު ފުޅިން 470 ފުއްޕާހަމަށް ވައި ޖަހާލެވޭނެ ކަމަށް ވެސް ވަނީ މޯލްޑިވް ގޭސް އިން ބުނެފައިވެއެވެ.