ޚަބަރު

ވައި ގޮޅިއެއްގެ ތެރޭ މަރުވެފައި އޮއްވައި ފެނުނީ 28 އަހަރުގެ ދިވެއްސެއްގެ ހަށިގަނޑު: ފުލުހުން

މާލޭ ގެއެއްގެ ވައި ގޮޅިއެއްގެ ތެރޭ މަރުވެފައި އޮއްވައި ފެނުނީ 28 އަހަރުގެ ދިވެއްސެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހެންވޭރުގެ ގެއެއްގެ ވައިގޮޅިއަށް ވެއްޓިފައި އޮތް މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

ވައި ގޯޅި ތެރެއަށް ވެއްޓި މަރުވެފައި އޮއްވައި ފެނުނީ 28 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑު ކަމަށާއި ފުލުހުން މިހާރު އަންނަނީ އޭނާގެ އާއިލާއަށް ގުޅައިގެން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނީ ވައި ގޮޅިއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:10 ހާއިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހ. ޝީޝާވެހި ވައިގޮޅި ތެރޭ މަރުވެފައި އޮއްވައި ފެނިފައިވާ މީހާއަކީ ނ. މިލަދޫ، ދިލްޝާފުވިލާ، އަބްދުލް ސައްތާރު އަޒްމީލެވެ.