މާލޭ ގެެއެއްގެ ވައި ގޮޅި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވަނީ އެކަން "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދީފައެވެ.
ފުލުހުން ބުނީ ގަލޮޅު ގެއެއްގެ އެއްވަނަ ފަންގިފިލާގެ ވައި ގޮޅިއެއްގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ޒުވާން ފިރިހެނެއް ކަމަށެވެ.
އަދި އޭނާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވައި ގޮޅިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 10:10 އެހާކަންހާއިރު ކަމަށެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނަން ހުރިތޯ، ސުވާލު ކުރުމުން ފުލުހުން ބުނީ، އެކަންތައް ތަހުގީގު ކުރުމަށް ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އެކަމާބެހޭ ތަފްސީލް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.