އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، (އައިޖީއެެމްއެޗް) އަށް ވިހަން ގެނައި ތިންމީހަކު ވިހެއި ތިން ކުއްޖަކު ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު އިސްމާއިލް އަހުމަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއްޔެ ހެނދުނު އެއް ކުއްޖަކު ނިޔާވެފައިވާ ކަމަށާއި ރޭގެ ވަގުތެއްގައި ދެ ކުދިން ނިޔާވި ކަމަށެވެ.
ނަަމަވެސް އެއީ އާދައިގެ މަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަރުގެ ރިޕޯޓް ތަކުގައި ވެސް ފާހަގަ ކޮށްފައި ވަނީ އެގޮތަށް ކަމަށް އޭނާ ވިދާާޅުވިއެވެ.
މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ، އެ ތިން މާބަނޑު މީހުންނަކީ ވެސް ހާޓްބީޓް ދަށް ވެގެން އެމެޖެންސީކޮށް ގެނައި ބައެއް ކަމަށެވެ. ނަމަވެސް އެމީހުން ގެނައީ އަތޮޅުތެރެއިންކަން އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ މޯނިންގުން އެއްކުއްޖަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު މިލިބެނީ ރޭގައި ދެކުއްޖަކު،"
މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ، އެކުދިން ނިޔާވީ ވިހެއިފަހުންކަން ނުވަތަ ބަނޑަށްކަންވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.