އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި ދެގައުމުން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރިކޯއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މިއަދު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ވެސް މިނިސްޓަރެވެ. މޮރޮކޯގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮރިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭނެ ކަމަށާއި މިއީ ރާއްޖެއާއި މޮރޮކޯގެ ގުޅުމަށް ލިބިގެންދިޔަ އިތުރުން ކުރިއެރުމެއް ކަމަށެވެ.
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޮރޮކޯއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިނިސްޓަރުގެ ޝާހިދުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރަކު މޮރޮކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމުގެ އިތުރުން އެގައުމުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ތައުފީގާ ބައްދަލުކުރައްވައި، ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވައިފައެވެ.