ޚަބަރު

ވޭވަށު ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފި

އާނިފާ ހުސެއިން ސިރާޖް

މ. ވޭވަށު ބަނދަރު ހަދަން ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

ވޭވަށު ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު 48،863،172.98 ރުފިޔާއަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 800، 300 ފޫޓަށް ބަނަދަރު ބޮޑުކުރުމާއި، 350 މީޓަރުގެ ބޭރު ތޮސި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ރިވަމެންޓް ޖެހުމާއި، 380 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1880 އަކަމީޓަރުގެ ޕޭވްމަންޓު ހެދުން ހިމެނޭ ކަމަށެވެ. އަދި ދެ ނެރުބައްތި ހަރުކުރުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި 19 ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ ދަށުން ވޭވަށުގައި ކުރިއަށްދާނެ ކަމަށް އެމްޓިސީސީން ބުންޏެވެ.