މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ފިލިޕީންސް ކުރީގައި އޮވެގެން.
90' ރާއްޖެއިން ލަނޑެއް ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްފި. ދަގަނޑޭ ދިން ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދު.
'79 ރާއްޖެއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ، ފިލިޕީންސް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'76 ރާއްޖެއަށް ހުސް ފުރުސަތެއް. ފޭދޫ އިއްބެ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރިޒޭ ފޮނުވާލި ހަމަލާ ފިލިޕީންސްގެ ކީޕަރު ނީލް ލިއޮނާޑް އެތެރިޖް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'73 - ރާއްޖެއިން ބަދަލެއް. އައިސަމްގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ރިޒުވާން (ރިޒޭ).
'68 - ފިލިޕީންސް އިން އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފި. ރާއްޖެއަށް ބޯޅަ ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ފިލިޕީންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯން ޕެޓްރިކް ސްޓްރޯސް. އެ ލަނޑުގެ ކުރިން އިއާން ރަމްސޭ އާއި ޕެޓްރިކް ރީޝެލްޓް ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ދެ ހަމަލާ ވެސް އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް. ސްޓްރޯސް ލަނޑު ޖެހީ ލިބުނު ރީބައުސް ބޯޅައިން.
ފިލިޕީންސް އިން ބަދަލެއް. ލޫކް ވުޑްލޭންޑްގެ ބަދަލުގައި ކުޅެން ނުކުތީ އެންޖެލް ގުއިރާޑޯ.
63' - ރާއްޖެއިން އިތުރު ބަދަލެއް. އަސައްކޮގެ ބަދަލުގައި ކުޅެން ނުކުތީ އަލީ އަޝްފާގު (ދަގަނޑޭ).
63' - ރާއްޖެއިން ބަދަލެއް. ސެންޓޭގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ނާއިޒް (ދާދު).
'59 - ފިލިޕީންސް އިން ބަދަލެއް. ޑައިސޫކޭ ސަޓޯގެ ބަދަލުގައި ކުޅެން ނުކުތީ ކާޓް ޑިޒޮން.
'58 - ރާއްޖެއަށް ލިބުނު ހިލޭ ޖެހުމުން ސެންޓޭ ފޮނުވާލި ހަމަލާ ފިލިޕީންސްގެ ގޯލާ އަމާޒެއް ނުވި.
'56 - ފިލިޕީންސް އިން ލަނޑެއް ޖަހައި ލީޑު ހޯދައިފި. ފިލިޕީންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިއާން ރަމްސޭ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ރާއްޖޭގެ ގޯލުގެ ކަނަކަށް ބޯޅަ ފޮނުވާލައިގެން.
'48- ރާއްޖެއަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އަސައްކޮ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޭދޫ އިއްބެ ނުރައްކާކުރުމުގެ ކުރިން ފިލިޕީންސްގެ ކީޕަރު ނީލް ލިއޮނާޑް އެތެރިޖް ވަނީ ދިފާއުކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކް އޯފް ކުރީ ފިލިޕީންސް އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓު.
'38- ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕެޓްރިކް ރީޝެލްޓް ފޮނުވާލި ހަމަލާ ރާއްޖޭގެ ގޯލާ އަމާޒެއް ނުވި.
'33 - ފިލިޕީންސްގެ ޕެޓްރިކް ރީޝެލްޓް ފޮނުވާލި ޕެނަލްޓީ، ވަރަށް ހުޝިޔާރުކަމާއެކު ކީޕަރު ފައިސަލް މަތަކޮށްފި.
އެ ޕެނަލްޓީ ދީފައިވަނީ ފިލިޕީންސް އިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން ހެލްމެޓް އަތުގައި ޖެހުމުގެ ސަބަބުން.
'31- ފިލިޕީންސަށް ޕެނަލްޓީއެއް.
'30- ފިލިޕީންސަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޕެޓްރިކް ރީޝެލްޓް ފޮނުވާލި ހަމަލާ އަކޫ ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައި.
'28- ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި. އޭގެ ކުރިން ފޭދޫ އިއްބެ ދިން ބޯޅަ، ފިލިޕީންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕުއަށް ރަނގަޅަށް ކޮންޓްރޯލް ކުރެވިފައެއް ނުވޭ.
'26- ކުރޯ ނަގައިދިން ހުރަސް ނުރައްކާވުމުގެ ކުރިން ފިލިޕީންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.
އަކޫގެ ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި. އަކޫގެ އުޅަބޮށިން ޖެހި ފިލިޕީންސްގެ ޖޯން ޕެޓްރިކް ސްޓްރޯސްގެ ބޯ ވަނީ ފަޅައިގެން ގޮސްފައި.
20' ރާއްޖެއަށް ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން ފިލިޕީންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެއަށް ނުރައްކާކުރެވިފައެއް ނުވޭ. އެ ބޯޅަ ފިލިޕީންސްގެ ކީޕަރު ނީލް ލިއޮނާޑް އެތެރިޖް ވަނީ ހޯދާފައި.
15' ފިލިޕީންސަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އިއާން ރަމްސޭއަށް ފުރުސަތެއް ލިބުނު ނަމަވެސް، ހުރަސްވެގެން އައި ބޯޅަ އޭނާގެ ފައިގައި ލައްވާލައިފައެއް ނުވޭ.
މި މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދަނޑަށް ވަޑައިގެންނެވި.
12' ރާއްޖެއަށް ފުރުސަތެއް. ފޭދޫ އިއްބެ ދިން ބޯޅައަކުން ހަމްޕު، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ފިލިޕީންސްގެ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
މެޗުގައި ރާއްޖޭގެ ތަޖުރިބާކާރު ފޯވަޑް އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އިނީ ބެންޗުގައި. ބެލެވޭ ގޮތުގައި ސީރިއާ މެޗެކޭ އެއްގޮތަށް ދަގަނޑޭ ފަށާނީ ދެވަނަ ހާފުގައި.
މެޗުގެ ކުޅުން ފަށައިފި.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
މިއަދު ހަވީރު 4:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ އެ މެޗަށް ދެ ޓީމު ނުކުންނަ އިރު: