ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު 5:35 ހާއިރު ރިޕޯޓުކުރި އެ ހާދިސާގައި ވެޒްނާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހަދަމުންދާ އެ އިމާރާތުން ވެއްޓުނު މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ 40 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކަށް ކަމަށާއި އޭނާގެ ކަނާއަތު ފަރާތު ކޮނޑުމަތީގެ ކަށިތަކާއި މޭމަތީގެ ގިނަ ކަށިތައް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފަައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން އެ މީހާ އިމާރާތުން ވެއްޓުނީ އިމާރާތުގެ ސޭފްޓި ނެޓް އުސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސޭފްޓި ބެލްޓް ނާޅައި ހުރުމުގެ ސަބަބުން ކަމަށެވެ.