ރާއްޖޭގައި އިޖުތިމާއީ-އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.
އިންޑިއާ ސަރުކާރުން ދިން މި އެހީއަކީ މިއަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ދިނުމަށް އެއްބަސްވި އެހީއެވެ. މި އެހީގެ ދަށުން ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާއިން ދިން މި ހިލޭ އެހީގެ ބޭނުންކޮށްގެން ކޮޅުފުށީގައި ހިންގާ މަޝްރޫއުގައި އެރަށުގެ މީހުން ދިރިއުޅޭ ސަރަައްދުގައި 115 މަގު ބައްތި ޖަހާނެ ކަމަށެވެ. އަދި މި މަސައްކަތަކީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށް ބުނެފައިވެއެވެ،
އިންޑިއާގެ ހިލޭ އެހީގެ ދަށުން މިހާރު ވެސް އެކި މަސައްކަތްތައް ވަނީ ކޮށްފައެވެ. އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އުޅަނދުތައް ގަތުމަށާއި މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީ އާއި ވެހިކަލް ގަތުމަށް ޖޫން މަހު އިންޑިއާއިން ހިލޭ އެހީ ދީފައިވެއެވެ.
މީގެ އިތުރުން ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށާއި ބ. ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީއެއް ހަމަޖެއްސުމަށް އަދި އއ. ރަސްދޫގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ވެސް އިންޑިއާ ސަރުކާރުން މިއަހަރުގެ ތެރޭގައި ހިލޭ އެހީ ދީފައިވެއެވެ.
އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މިއަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ .