ޚަބަރު

ރައްޔިތުން ގޮތް ނިންމައިފި، އިންތިހާބުގެ ނަތީޖާ ޤަބޫލުކޮށްފިން: ރައީސް ޔާމިން

24 Sep 22:44

އެހެން ޒައާމަތަކަށް މަރުހަބާ ކިޔަން. އަމާން ކަމާއެކު ބަދަލުވެގެން ދާނެ. މި ގޮތުގައި ކަންތައް ކުރުމަށް އަޅުގަނޑުގެ ސަޕޯޓަރުންނަށްވެސް އިލްތިމާސް ކުރަން. ދެންވެސް އަޅުގަނޑުމެން އަދާކުރައްވާނީ ގައުމީ މަސައްކަތެއް.

24 Sep 22:41

ހިދުމަތް ލިބުނު އެތައް ރައްޔިތުންނެއް އަޅުގަނޑު ބަލައިގަތް. އެކަމަށް ޝުކުރިއްޔާ. މިދިޔަ ފަސް އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ އިގުތިސާދީ ގޮތުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިފި.. އަޅުގަނޑު އެދެނީ އިބްރާހީމް މުހައްމަދު ސޯލިހްވެސް އެ ހިދުމަތްތަކާއެކު ކުރިއަށް ދިއުމަށް.

24 Sep 22:40

އަޅުގަނޑާއެކު މަސައްކަތް ކުރެއްވި އެތައް ބަޔަކު އެބަތިިބި. އަޅުގަނޑާއެކު އެންމެ ގާތުން މަސައްކަތް ކުރެއްވީ މެޑަމް ފާތުން. އެގޮތުން މެޑަމް ފާތުމައާއި މަޖިލިސް މެމްބަރުންނާ ވަޒީރުންގެ މަޖިލީހުގެ ޓީމަށް ހިދުމަތްތައް ފޯރު ކޮށްދިނީ އިހުލާސްތެރިކަމާއެކު.

24 Sep 22:40

މަރުހަބާވެސް ދަންނަވައިފިން. ދިވެހި ރައްޔިތުންނަށް ކުރީ އިހުލާސްތެރި ހިދުމަށް.

24 Sep 22:40

އިއްޔެ ދިވެހި ރައްޔިތުން ނިންމައިފި. އެ ނަތީޖާ އަޅުގަނޑު ގަބޫލު ކޮށްފިން.

24 Sep 22:39

ގައުމަށް ދެން އަޅުގަނޑަށް ކޮށްދެވޭނީ ކޮން ކަމެއް ނޭނގެ. ދިމާވި ގޮން ޖެހުންތަކާއެކުވެސް އަޅުގަނޑު ނިންމީ ރާއްޖެއަކީ އަމިއްލަ ފުދުންތެރިކަމާއެކު ކުރިއަރާނެ ގައުމަކަށް ހެދުމަށް.

24 Sep 22:36

ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ހަމަޖައްސައިދިނީމު. ޒުވާނުންނަކީ ގިންތިއެއް ގޮތުގައި އޮތް ބައެއްކަން ބަލައިގަތް ސަރުކާރެއް އަޅުގަނޑުއައި އިރު، ނެތް. އަޅުގަނޑުގެ ސަރުކާރުގައި ޒުވާނުންނަށް ކުޅިވަރު ދަނޑުތަކާއެކު އެހެން ހުރިހާ ކަމެއްވެސް ކޮށްދިނީމު. ޒުވާނުންނަށް އެންމެ ބޭނުނި ކަންތައްތައް ހައްލުވެ، އަޅުގަނޑުގެ ސަރުކާރު ފަހު ދުވަސްކޮޅުގައި ކުށްކުރުން މަދުވި..

24 Sep 22:35

ވެރިކަމަކަށް ކުރިމަތިލި އިރު، ރާއްޖެ އޮތީ ނާމާންކަމާއެކު، ވަރަށް ނުރައްކާތެރި ހާލަތެއްގައި. މައްސަލަތައް ބައިވަރު. އަޅުގަނޑު ބެލީ ރައްޔިތުން ބޭނުންވެފައިވާ ކަންތަކަށް. ބަނދަރު ހެދުމާ ނަރުދަމާއަށް. ހަމައެއާއެކު ހާއްސަ ކަންކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމަށް ބެލީން. ގާނޫނަށް ބަދަލު ގެނައިމު. އިސްރަށްވެހިންނަށް އެންމެ ބޭނުންވާ ކަންތައް ކޮށްދިނީމު. ހާއްސަކޮށް ސިއްހީ ފަރުވާއާއި އާމްދަނީއެއް ލިބެތޯ ބެލާ އެކަން ނިންމީމު.

24 Sep 22:35

އަޅުގަނޑުގެ ބޭނުމަކަށް ވަނި ކޮންމެ މީހެއްގެ އަބުރަކީވެސް އިއްޒަތަކީވެސް ސަލާމަތާއެކު ރައްކާކުރެވިފައި އޮންނަ ކަމަކަށް ވުން