ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި އެ އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 10:50ގައި ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 32 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ މިދިލި މަގުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އަސުރުމާ މަގުގެ ޕޭވްމަންޓު މަތިން ގޮސް ގަސްތަކުގެ ތެރެއަށް ވަދެގެން ކަމަށާއި އެ އެކްސިޑެންޓުގައި އަނިޔާވެފައިވާ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.